More Related Content
More from fsjconsulting (19)
Break even point
- 2. ވިޔަފާރިން އެއްވެސް އެއްޗެއް ނުވިކުނަސް ހަރަދުތައް ހުންނާނީ
ހިނގަހިނގައެވެ. އެވިކޭ އެއްޗެއްގެ ނިސްބަތުން އާމްދަނީ އިތުރުވަމުންދެއެވެ.
ބްރޭކްއީވަންވާ ޕޮއިންޓަކީ ވިޔަފާރިން ލިބޭ އާމްދަނީ އިން ކިރިޔާ ހަރަދުތައް
ޗަލުވާލެވޭ ޕްއިންޓެވެ. މިއަދަދަށް ތަކެތި ނުވިކޭނަމަ ވިޔަފާރިން ވާނީ
ގެއްލުމެވެ. އަދި ބްރޭކްއީވަން ޕޮއިންޓް ފަހަނައަޅާ ދިއުމުން ހަރަދުތަކަށްވުރެ
އާމްދަނީ އިތުރުވެ ވިޔަފާރިން ފައިދާވާންފަށައެވެ. އެހެންކަމުން ބްރޭކްއީވަން
ޕޮއިންޓް އަންގައިދޭ ހިސާބުތަކަކީ ވަރަށް މުހިއްމު މައުލޫމާތެއް އަންގައިދޭ
ހިސާބެކެވެ.
2
- 3. ބްރޭކް އީވަން ޕްއިންޓް ތިރީގައި ބަޔާން ކުރެވިފައިވާ އުސޫލުން ހިސާބު
ކުރެވިދާނެއެވެ.
1. އަހަރަށް ލިބޭނެކަމަށް ލަފާކުރެވޭ އަމްދަނީ އަންދާޒާކުރުން
2. އަހަރަށް ޙަރަދުވާނެކަމަށް ލަފާކުރެވޭ ޖުމްލަ ހަރަދު
އަންދާޒާކުރުމަށްފަހު ދެބަޔަށް ބަހާލާ:
-ފިކްސްޑް ހަރަދު – އާންމުކޮށް ވިއްކޭ ނުވަތަ އުފެއްދޭ މިންވަރާއި ގުޅުން
ނުހުންނަ ހަރަދު. މިސާލު: ތަނުގެ ކުލި
-ބަދަލުވާ ހަރަދު - އާންމުކޮށް ވިއްކޭ ނުވަތަ އުފެއްދޭ މިންވަރާއި ގުޅުން
3
ހުންނަ ހަރަދު. މިސާލު: ވިއްކަން ގަންނަ ތަކެތީގެ ޙަރަދު.
- 4. ކޮންޓްރިބިއުޝަން މާރޖިން )ހަރަދުގެ ނިސްބަތް އިންސައްތައިން( 3.
ތިރީގައިވާ ގޮތައް ހިސާބުކުރޭ:
ކޮންޓްރިބިއުޝަން މާރޖިން = )އާމްދަނީ - ބަދަލުވާ ހަރަދު(/ އާމްދަނީ
ބްރޭކް އީވަން ޕޮއިންޓް )ރުފިޔާއިން( ތިރީގައިވާ ގޮތައް ހިސާބުކުރޭ: 4.
ބްރޭކް އީވަން ޕޮއިންޓް = ޖުމްލަ ފިކްސްޑް ހަރަދު/ ކޮންޓްރިބިއުޝަން
މާރޖިން
4
- 5. ބްރޭކް އީވަން ޕްއިންޓް އަށް ހާސިލްވުމާށް ވިއްވަން ޖެހޭ އަދަދު
ހިސާބުކުރުމަށް ބްރޭކް އީވަން ޕްއިންޓް ޔުނިޓަނަށް ޖެހޭ އަދަދުން ގެއްލާލާ.
5