More Related Content
More from fsjconsulting (14)
ގޮންޖެހުންތަކާއި ދަތިތައް
- 2. ކޮއްމެ ވިޔަފާރިއަކަށްވެސް ގޮންޖެހުންތަކަކާ ދިމާވެދާނެ ދަތިތަކެއް
ހުއްނާނެއެވެ. މިކަންކަން ދެނެގަނެ އެކަންބަޔާންކުރުމަކީ ކަންކަން
މެނޭޖްކުރުމުގެ ޤާބިލިއްޔަތުހުރިކަން އިންވެސްޓްކުރާނެ ފަރާތްތަކަށް
ފާހަގަކުރެވިގެންދާނެކަމެކެވެ. އަދި މިފަދަ ކަންކަމަށް ކުރިމަތިލުމަށް
އިސްނަގާނެކަން ފާހަގަކުރެވިގެންދާނެކަމެކެވެ. އަދި، ވިޔަފާރިއަށް ދިމާވުން
އެކަޝީގެންވާ މިފަދަ ކަންކަން ބަޔާންކުރެވިފައިނުވާނަމަ ބިޒްނަސް ޕްލޭނާމެދު
އިންވެސްޓަރުންގެ ހިތުގައި ޝައްކުއުފެދި ވިޔަފާރިކުރިއެރުވުމަށް ފައިސާ
ލިބުމުގެ ފުރުޞަތު ހަނިވެގެންދާނެއެވެ.
2
- 3. ތިރީގައި ބަޔާންކުރެވިފައި އެވަނީ މިގޮތުން ވިޔަފާރިއަށް ދިމާވެދާނެ ބައެއް
ދަތިތަކެވެ.
ވާދަވެރި ވިޔަފާރިވެރިން އަގުތައް ތިރިކުރުން •
މުޙިއްމު ކަސްޓަމަރަކާއެކު ކުރެވިފައިވާ އެއްބަސްވުމައް ބާތިލުކުރުން •
ސިނާޢަތުގެ ކުރިއެރުން ދަށަށް ދިއުން •
އަންދާޒާކުރެވުނުވަރަށް ވުރެ ބޮޑަށް މުދާ ނުވަތަ ޚިދުމަތް އުފެއްދުމުގެ ޚަރަދު •
މަތިވެގެންދިއުން
ޙާޞިލުކުރަން ބޭނުންވި މިންވަރަށް ވިޔަފާރި ނުވުން •
3
- 4. • އިޝްތިހާރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މުޙިއްމުކަމެއް ރަގަޅަށް
ނުހިގުން
• މުޙިއްމު ތަކެތި ފޯރުކޮއްދެމުން އަންނަ ސަޕްލަޔަރަކަށް ވަގުތައް ތަކެތި ފޯރުކޮށް
ނުދެވުން
• ވާދަވެރި ވިޔަފާރިވެރިން މުޅިން އާ ނުވަތަ މާރަގަޅު މުދަލެއް/ޚިދުމަތެއް ތަޢާރަފް
ކުރުން
• ވިޔަފާރިން ފޯރުކޮއްދޭ މުދާ ނުވަތަ ޚިދުމަތާމެދު އާއްމުންގެ ޚިޔާލު ބެދަލުވުން
• ވިޔަފާރިއަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މުވައްޒަފުން ނުލިބުން
4
- 5. ސަމާލުކަން ދޭންވީ ކަންތައްތައް
ވިޔަފާރިއަށް ހުރި ދަތިތަކާއި ނުރައްކާތައް ވީހާވެސް ތެދުވެރިކޮށް
ބަޔާންކުރުން.
ވިޔަފާރިއަށް ހުރި ދަތިތަކާއި ނުރައްކާތައް ވަކިން
ބަޔާންކުރުމުގެބަދަލުގައި ބިޒްނަސް ޕްލޭންގެ )އެ ކަންކަމާ ގުޅުންހުރި( އެކި
ބައިތަކުގައި އެކަންތައްތައް ހިމެނުން.
5
- 6. ސަމާލުކަން ދޭންވީ ކަންތައްތައް
ގިނަ ސިނާޢަތްތަކުގައި ކުދި ވިޔަފާރިތަކާއި އާކަންކަމާއި އާގޮތްތައް
އީޖާދުކުރުމުން ބޮޑެތި ވިޔަފާރިތަކުން އެކަންތައްތައް ކޮޕީކޮށް އެކަމުގެ ފައިދާ
ލިބިގަންނަތަން އާދެއްވެ. މިއީ ވިޔަފާރިއަށްހުރި ނުރައްކަލެއްގެގޮތުގައި ބަލާ
ތިމާގެމުދާ ނުވަތަ ޚިދުމަތް އެހެންވާދަވެރި ވިޔަފާރިވެރިންގެ މުދާ ނުވަތަ
ޚިދުމަތާ ތަފާތު ކޮއްދޭ ގޮތް ދަމަހައްޓާ އެވިޔަފާރިވެރިންނަށްވުރެ ކުރީގައި
ތިބުމަށް މަސައްކަތްކުރަންވާނެއެވެ.
6
- 7. ސަމާލުކަން ދޭންވީ ކަންތައްތައް
ވިޔަފާރިއަށް ދިމާވެދާނެ ދަތިތަކާ އުދަގޫތަކުގެ ފުރިހަމަ ލިސްޓެއް
ތައްޔާރުކުރުމަށްޓަކައި ބިޒްނަސްޕްލޭންއެކުލަވާލުމުގައިއާއި ހިސާބުތައް
ތައްޔާރުކުރުމުގައި ބޭނުންކުރެފިފައިވާ އަންދާޒާ ކުރުމުގެ މިންގަންޑުތަކާއި މެދު
ރަނގަޅަށް ވިސްނަންވާނެއެވެ. އެއީ އެކަންކަމަކީ ހިކުރެވިފައިވާ ގޮތަށް
ނުހިގާނެކަންކަންނަމަ އެއީ ވިޔަފާރިއަށް ދިމާވެދާނެ ނުރައްކަލަކަށް
ވެދާނެތީއެވެ.
7
- 8. ސަމާލުކަން ދޭންވީ ކަންތައްތައް
މުވައްޒަފުންނަށް އަދަޔާޚިލާފު ބޮޑު މުސާރަދިނުން، އެއްމެ ފެންވަރު ރަގަޅު
ފަރާތްތަކުގެ ބަދަލުގައި ރައްޓެހިން މަޤާމުތަކަށް ޢައްޔަނުކުރުން،
ހިގާނެޚަރަދުތައް މާކުޑަވާނެކަމަށް އަންދާޒާކުރުން،
ވާދަވެރިވިޔަފާރިވެރިންގެމަތިން ހަދާން ނައްތާލުން
މިފަދަ ކަންކަމަކީ އާއްމުގޮތެއްގައި ކުދި ވިޔަފާރިތަކުން ސަމާލުކަން ނުދޭ
މުޙިއްމުކަންތައްތަކެވެ.
8