More Related Content
More from fsjconsulting (17)
ވާދަވެރިންގެ ދިރާސާ
- 2. މިއީ ކޮން އެއްޗެއް؟
މިއީ ކުރަން ގަސްތުކުރާ ވިޔަފާރިއާއި ސީދާކޮށާއި ނުސީދާކޮށް ވާދަކުރާ
އެހެނިހެން ވިޔަފާރިތަކުގެ ތަފްޞީލް ދިރާސާއެކެވެ. މިދިރާސާއިން
އެވިޔަފާރިތަކުގެ ހަރުދަނާ ސިފަތަކާއި އުނި ސިފަތައް ދެނެގަންނަން
ޖެހޭނެއެވެ. ނުސީދާކޮށް ވާދަކުރާ ވިޔަފާރިތަކަކީ އެއް ބޭނުމެއް ފުއްދުމަށް
އެއްކަސްޓަމަރުންނަކަށް އަމާޒުކޮށްގެން ތަފާތު އެހެން މުދަލެއް/ޚިދުމަތެއް
ފޯރުކޮށްދޭ ވިޔަފާރިތަކެވެ.
2
- 3. މިއީ ކޮން އެއްޗެއް؟
ތިމާގެ ވިޔަފާރިން ވިއްކާމުދާ ނުވަތަ ފޯރުކޮއްދޭ ޚިދުމަތް ވާދަވަރި އެހެން
ވިޔަފާރިތަކުގެ މުދާ/ ޚިދުމަތާ އަލާކިޔޭ މިންގަޑު ބަޔާންކުރަންވާނެއެވެ. މ
ި
މަޢުލޫމާތު ބަޔާންކުރުމަކީ ބިޒްނަސް ޕްލޭން ކިޔާމީހާއަށް ސިނާޢަތާއި ވާދަވެރި
ވިޔަފާރިވެރިން ރަގަޅަށް ދެނެގަނެވިފައިވާކަމާއި ވިޔަފާރިއަށް ދިމާވެދާނެ
ހުރަސްތަކާ ކުރިމަތިލާން ތައްޔާރަށް ހުރިކަން ދޭހަވާނެކަމެކެވެ. އެގޮތުން
ވާދަވެރި ކޮއްމެ ވިޔަފާރިއަކާ ބެހޭ މަޢުލޫމާތު ބަޔާން ކުރާށެވެ.
3
- 4. މިއީ ކޮން އެއްޗެއް؟
އެފަރާތްތަކުން އަހަރެއްގެ މައްޗަށް ވިޔަފާރިވާ މިންވަރާއި ވިޔަފާރިކުރާ
ކަސްޓަމަރުންގެ އަދަދު ލިބެންހުރިނަމަ މިމަޢުލޫމާތު ބަޔާންކުރާށެވެ. އަދި އެ
ވިޔަފާރިތަކުން ކަސްޓަމަރުންގެ ބޭނުންތައް ބޭނުންވާމިންވަރަށް ފުއްދާނުދެވެނީ
ކީއްވެގެންކަމާއި އަދި ތިމާގެ ވިޔަފާރިން ކަސްޓަމަރުންގެ ބޭނުންތައް
ފުރިހަމައަށް ފުއްދައިދީގެން ވާދަވެރި ވިޔަފާރިތަކުގެ ކަސްޓަމަރުން
ހޯދޭނެގޮތްވެސް ބަޔާންކުރަންވާނެއެވެ.
4
- 5. ވިޔަފާރިއެއްގެ ގަދަ ފައިތަކާއި ބަލި ފައިތައް އެތައް ބައިތަކަކަށް
ގިންތިކުރެވިދާނެއެވެ. އޭގެތެރޭގައި:
- ވިޔަފާރިވާ މިންވަރު،
- މުދާ/ޚިދުމަތުގެ ފެނަވަރު،
- ކަސްޓަމަރުންނަށް މުދާ/ޚިދުމަތް ފޯރުކޮއްދޭ ގޮތް،
- މުދާ/ޚިދުމަތުގެ އަގު،
5
- 6. - އުފެއްދުމުގެ ޤަބިލިއްޔަތު ހުރި މިންވަރު،
- ވިޔަފާރީގެ ޤަދަރާއި ފޯރުކޮއްދޭ މުދާ/ޚިދުމަތުގެ ވައްތަރުތައް ހިމެނެއެވެ.
އެގޮތުން މިއިން ކޮއްމެ ބައެގައިވެސް އެއްމެ ކުރީގައި އުޅެނީ ކޮން ބައެއްތޯ
އަމިއްލައަށް ސުވާލުކޮއްލާށެވެ. މިބާވަތުގެ ވިޔަފާރި ބައެއްފަރާތްތަކުން
ފައްޓާފައި ނުވަތަ ބައެއްފަރާތްތަކުން ހުއްޓާލާފައިވަނީ ކީއްވެގެންތޯ
އޮޅުންފިލުވާދޭށެވެ.
6
- 7. މިކަން މުހިންމުވަނީ ކީއްވެ؟
ވާދަވެރިން މުދާ ވިއްކާ އަގުތައް، އަމާޒުކުރާ މާކެޓްތައް އަދި -
ވިއްކުމަށް ބޭނުންކުރާ އުކުޅުތައް ދެނެގަތުމުން ވާދަވެރިންގެ ހުށަހެޅުމާއި
ތަފާތުކުރާނެ ގޮތްތައް ހޯދެއެވެ.
ވާދަވެރިންގެ ހަރަކާތްތައް ދެނެގަތުމުން އެމީހުން އަމާޒުނުކުރާ -
މާކެޓްތައް ފާހަގަކޮށްއެ މާކެޓްތަކަށް އަމާޒުކުރެވެއެވެ.
ކާމިޔާބުކަމާއިއެކު ވިޔަފާރިކުރަމުންދާ ވާދަވެރިންގެ އުކުޅުތައް -
ދިރާސާކުރުމުން ކަސްޓަމަރުން މުހިންމުކަންދޭ ކަންތައްތައް ދެނެގަނެވެއެވެ.
7
- 8. މިކަމަށް މަޢުލޫމާތު ހޯދާނީ ކިހިނެއް؟
ވާދަވެރި ވިޔަފާރިތަކަށް ޒިޔާރަތްކޮށް އެމީހުން މަސައްކަތްކުރާގޮތާއި
ކަސްޓަމަރުންނާއި ކުރެވޭ މުއާމަލާތުތައް ބަލައި ދަސްކުރުން
އެވިޔަފާރިތަކުގެ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާއި މަޝްވަރާކުރުން
ވާދަވެރިން މާކެޓްކުރަން ބޭނުންކުރާ ވަސީލަތް )ޕޯސްޓަރު، އިސްތިހާރުތައް(
ބެލުން
8
- 9. ހިމަނާނީ ކޮން މައުލޫމާތެއް؟
ވާދަވެރި ވިޔަފާރިތަކާއި ބެހޭ މަޢުލޫމާތު
ވިއްކާ މުދާ/ޚިދުމަތުގެ ތަފްޞީލް -
މުދާ/ޚިދުމަތް ތަފާތުކޮށްދޭ ސިފަތައް -
އެވިޔަފާރިތަކުގެ ކަސްޓަމަރުންގެ މަޢުލޫމާތު -
9
- 10. ހިމަނާނީ ކޮން މައުލޫމާތެއް؟
ވިއްކާ އަގާއި އަގު ކަނޑައެޅުމުގެ އުކުޅުތައް -
މާކެޓްކުރުމާއި އިސްތިހާރުކުރުމުގެ ހަރަކާތްތައް -
ވާދަވެރި ވިޔަފާރިތަކުގެ ހަރުދަނާ ސިފަތަކާއި އުނި ސިފަތައް -
)ކަސްޓަމަރުން ވާދަވެރިންގެ މުދާ/ޚިދުމަތް ގަންނަ ނުވަތަ ނުގަންނަ
ސަބަބުތައް(
އަމިއްލަ ވިޔަފާރި އަށް ހުރި ފުރުޞަތުތަކާއި ދިމާވެދާނެ ދަތިތައް -
01