More Related Content
More from fsjconsulting (14)
ބެލެންސް ޝީޓް
- 2. ބެލެންސް ޝީޓުން ދައްކައިދެނީ ވަކި ތާރީޚެއްގައި ވިޔަފާރީގެ ޙާލަތު
ހުރިގޮތެވެ. ވިޔަފާރިއަށް ލިބެންހުރި ފައިސާ އާއި ޚަރަދުވާންހުރި ފައިސާގެ
ޚުލާސާއެވެ. އަދި ކުރުމުއްދަތުގައި ދައްކަންޖެހޭ ފައިސާ އާއި އެއްވަރަށް
ކުރުމުއްދަތުގައި ފައިސާ ލިބެންހުރިތޯއެވެ.
ލޯނު ދޭ ފަރާތްތަކުން ބަލާނީ ވިޔަފާރި ހިއްސާވާ ފަރާތްތަކުގެ އަމިއްލަ
ފައިސާގެ މިންވަރާ އެހެނިހެން ފަރާތްތަކުން ލޯނުގެ ގޮތުގައި ނަގާފައިވާ
އެއްޗެއްގެ ނިޞްބަތެވެ.
2
- 3. އެހެން ހިސާބުތަކާ ޚިލާފަށް ބެލެންސް ޝީޓަކީ ވިޔަފާރީގެ ފައިދާ
ދެނެގަތުމަށްޓަކައި އަހަރަކު އެއްފަހަރު ތައްޔާރުކުރާއެއްޗެކެވެ. ބިޒްނަސް
ޕްލޭނަކީ އަލަށް ފަށައިގަންނަ ވިޔަފާރިއަކަށް ހަދާ ޕްލޭނެއްނަމަ، އަމިއްލައަތުން
ކޮއްފައިވާ ހޭދަތަކުގެ )ހަރުމުދަލާއި ފައިސާގެ( ބެލެންސް ޝީޓެއް
ހިމަނަންވާނެއެވެ. އަދި މިހާރުވެސް ހިނގަމުން ދާ ވިޔަފާރިއެއްނަމަ އެއްމެ
ފަހުން ބެލެންސް ޝީޓުތައްޔާރުކުރެވުނު ހިސާބުން ފެށިގެން ފާއިތުވެ ދިޔަ
އަހަރުގެ ނިޔަލަށް ބެލެންސް ޝީޓު ތައްޔާރުކުރަންވާނެއެވެ.
3
- 4. ސަމާލުކަން ދޭންވީ ކަންތައްތައް
ވިޔަފާރި ވާނެ މިންވަރު )ޕްރޮޖެކްޝަންސް( އަންދާޒާކުރުމުގައި
ކުރީގެ ތާރީޚުތަކާއި ޙަރަކާތްތަކުގެ މަޢުލޫމާތު ބޭނުން ނުކުރުން.
ޚަރަދުވެފައި ނުވަތަ ލިބިފައިވާ ފައިސާ ގެ ބޮޑެތި ޢަދަދު ތަކަކީ
ކިހިނެތް ކޮންކަމަކަށް ޚަރަދުވެފައި ނުވަތަ ލިބިފައިވާ ފައިސާއެއްކަން
ބަޔާންކުރުން
4