More Related Content
More from fsjconsulting (17)
ވިޔަފާރީގެ ތައާރަފް
- 2. މިބައިގައި ހިމަނާނީ އެވިޔަފާރިއަކީ ކޮންކަހަލަ ވިޔަފާރިއެއްކަން އަންގައިދޭނެ
ތައާރަފެކެވެ. މީގައި ހިމެނެނީ ވިޔަފާރިން ވިއްކާ މުދާ ނުވަތަ ފޯރުކޮއްދޭ
ޚިދުމަތް، ފުއްދައިދޭ ކަސްޓަމަރުންގެ ބޭނުންތައް، ވިޔަފާރި މިހާ ހިސާބަށް
ކުރިއަރަމުން އައިސްފައިވާ ގޮތާއި އަދި މިއީ ދެމެހެއްޓޭނެ ވިޔަފާރިއެއްކަމަށް
ފެއްނަ ސަބަބުތަކެވެ.
ވިޔަފާރިއާބެހޭ ޞަރީހަ ތަޢާރަފެއް ލިޔުމަކީ ވިޔަފާރި ރޭވުން
ފަސޭހަކޮއްދިނުމުގެ އިތުރުން އެހެންފަރާތްތަކާއި ވިޔަފާރީގެ ގުޅުންތައް
ބަދަހިކޮށް ވިޔަފާރީގެ ނަން މަޝްހޫރުކުރުމަށް މަގުފަހިވެގެންދާނެކަމެކެވެ.
2
- 3. ހިމަނާނެ މަޢުލޫމާތު
• ވިޔަފާރީގެ ބާވަތް )ވިޔަފާރި ފެތޭނީ ކޮން ގިންތިއަކަށްތޯ؟ ހޯލްސޭލްކޮށް
ވިއްކަނީތޯ؟ ނުވެތަ ރީޓޭލްކޮށް ވިއްކާތަނެއްތޯ؟ އެއްތެއް އުފައްދަނީތޯ
ނޫނީ ގަނެ ވިއްކަނީ ތޯ؟ ނުވަތަ ޚިދުމަތެއް ފޯރުކޮއްދެނީތޫ؟(
• ވިޔަފާރި އުފެދުނު/ރަޖިސްޓްރީ ކުރި ތާރީޙް؟
• މިއީ އަލަށް ފަށާ ވިޔަފާރިއެއްތޯ ނުވަތަ މިހާރުވެސް ހިގަމުން އައްނަ
ވިޔަފާރިއެއްތޯ؟ ވިޔަފާރި އުފެދިގެން އައީ ކިހިނެތްތޯ؟ މިހާހިސާބަށް
ހާސިލުކުރެވުނު ފާހަގަކޮށްލެވޭ ކަންކަމަކީ ކޮބައިތޯ؟
3
- 4. • ޤާނޫނީގޮތުން ވިޔަފާރި ފެތޭ ގިންތިއަކީ ކޮބައިތޯ؟ )ޕާޓްނަރޝިޕެއްތޯ،
ކުންފުންޏެއްތޯ، ލޯކަލް އިންވެސްޓްމެންޓެއްތޯ، ނުވަތަ ކޯޕަރޭޓިވް
ސޮސައިޓީއެއްތޯ؟
• ވިޔަފާރިން ފުއްދައިދެނީ ކޮން ކޮން ބޭނުމެއްތޯ؟ މުދާ/ޚިދުމަތް
އަމާޒުކުރަނީ ކޮންފަރާތްތަކަކަށްތޯ؟ މުދާ/ޚިދުމަތް ފޯރުކޮއްދޭނީ ކިހިނެތްތޯ؟
• ވިޔަފާރިކުރިއެރުވުމަށް އެހީތެރިވުމަށްޓަކައި ބޭނުންކުރާނީ ކޮންކަހަލަ
ނިޒާމުތަކެއްތޯ؟ )އުފެއްދުމުގެ ނިޒާމް، މާކެޓްކުރުމުގެ ނިޒާމް، އިންސާނީ
ވަސީލަތްތައް ތަރައްގީކުރުމުގެ ނިޒާމް، މާލީ ރޭވުންތެރިކަން(
4
- 5. ސަމާލުކަން ދޭންވީ ކަންތައްތައް
ކުރުމަށް ގަސްތުކުރާވިޔަފާއިއަކީ އަމާޒުކުރެވޭ މާކެޓަކާއި ގުޅޭ
ވިޔަފާރިއަކަށް ވާންވާނެއެވެ. މިސާލަކަށް މަދު މީސްކޮޅެއް އުލޭ ހިސާބެއްނަމަ،
ކުޑަ ވިޔަފާރިއަކުން ބައިވަރު ޚިދުމަތްތަކެއް ފޯރުކޮއްދެވިދާނެއެވެ. ނަމަވެސް
މީހުންގިނަ އިޤްތިޞާދީ ޙަރަކާތްތައް ގިނަ ސަރަޙައްދެއްނަމަ، އެހެން
ވިޔަފާރިތަކުން ފޯރުކޮއްދޭ މުދާ/ޚިދުމަތް ތަކާ ތިމާގެ ވިޔަފާރިން ފޯރުކޮއްދޭ
މުދާ/ޚިދުމަތް ތަފާތުކުރުމަށްޓަކައި ތިމާގެ ވިޔަފާރި ވަކިކަމަކަށް ހާއްޞަކުރުން
މުޙިއްމެވެ.
5
- 6. ސަމާލުކަން ދޭންވީ ކަންތައްތައް
ބިޒްނަސް ޕްލޭން ތައްޔާރުކުރަނީ މިހާރުވެސް ހިނގަމުންދާ
ވިޔަފާރިއަކަށްނަމަ، ވިޔަފާރި މިހާތަނަށް ހިނގަމުން އައިގޮތުގެ މަޢުލޫމާތު
ކޮއްމެވެސް ވަރަކަށް ހިމަނަންވާނެއެވެ. އެގޮތުން ކުރީގައި ވިޔަފާރިކޮށްފައިވާ
މިންވަރުތަކާ، ލިބިފައިވާ ފައިދާ ނުވަތަ ގެއްލުމާ، ވިޔަފާރިއަށް ގެއްލުންވެފައި
ނުވަތަ އެހެން މައްސަލައެއް ދިމާވެފައިވާނަމަ އެކަން ދިމާވިސަބަބާ އެކަން
ޙައްލުރިގޮތް ބަޔާންކުރަންވާނެއެވެ. އަދި ވިޔަފާރީގެ ވެރިފަރާތަށް ބަދަލެއް
އައިސްފައިވާނަމަ އެބަދަލު އައީ ކީއްވެގެންކަންވެސް ބަޔާންކުރަން ވާނެއެވެ.
6