More Related Content
More from fsjconsulting (20)
މެނޭޖްމަންޓް
- 2. ހަރުދަނާ މެނޭޖްމަންޓް ޓީމެއް ވިޔަފާރީގެފަހަތުގައި ތިބިނަމަ އެވިޔަފާރިއެއް
އާލާކޮށް އެއްމެ އާދައިގެ ޚިޔާލަކުންވެސް ފައިދާނެރެވޭނެ ގޮތްތައް ހޯދާނެއެވެ.
ނަމަވެސް މެނޭޖްމަންޓުގެ ހަރުދަނާކަމެއްނުވާނަމަ، ކިތައްމެ މޮޅު
ޚިޔާލަކުންވެސް ވިޔަފާރިއެއް ބިނާ ނުކުރެވޭނެއެވެ. އެހެންކަމުން، މިބައިގާ
ހިމެނޭ މަޢުލޫމާތުގައި، ވިޔަފާރި ހިންގުމުގައި ތިބީ ހަރުދަނާ ބައެއްކަން
އަންގައިދޭންޖެހެއެވެ. ކޮއްމެ މެންބަރަކީ ވިޔަފާރިއާ ގުޅުންހުރި ހުނަރާއި
ތަޖުރިބާހުރި ފަރާތެއްކަމުގައިވެފާ އެއްމެންބަރަކު އަނެއްމެންބަރުގެ މަސައްކަތަށް
އެހީތެރިވޭވޭނެފަދަ ފަންނު ހުރުމަކީ މުޙިއްމުކަމެކެވެ.
2
- 3. މެނޭޖްމަންޓުގެ ތަފްޞީލު
މިބައިގާ ހިމަނާނީ ކުންފުނީގެ މެނޭޖްމަންޓުގެ މަޢުލޫމާތެވެ. އޭގެތެރޭގައި
މެނޭޖްމަންޓުގައި ހިމެނޭ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި އެއިން ކޮއްމެ
ފަރާތަކީ ކޮންކަމަކާ ބެހޭ މާހިރެއްކަމެވެ. އެކި ފަރާތްތަކުން ވިޔަފާރިއަށް
އިންވެސްޓް ކުރުމުގައި ވިޔަފާރީގެ އަޞާސަށް ބަލާނެއެވެ. މަތީގައި
ބަޔާންކުރެވުނުފަދަ މެނޭޖްމަންޓެއް ވިޔަފާރީގައިވާނަމަ، އެވިޔަފާރީގެ
މުސްތަޤުބަލު އުޖާލާކަމުގައި އިންވެސްޓަރުން ދެކި އެ ވިޔަފާރިއަކަށް
އިންވެސްޓްކުރުމަށް ފަސްނުޖެހޭނެއެވެ.
3
- 4. މެނޭޖްމަންޓުގެ ތަފްޞީލު
އަދި މެނޭޖްމަންޓުގައި ހުސް މަޤާމުތަކެއްވާނަމަ، ވިޔަފާރިން ވިއްކާމުދާ ނުވަތަ
ފޯރުކޮއްދޭ ޚިދުމަތް ތަރައްޤީކޮށް ފުރިހަމަ ކުރުމަށް ކަނޑައަޅާފައިވާ
ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި މި މަޤާމުތަކަށް ހޮވާނީ ކޮންކަހަލަ
ފަރާތްތަކެއްތޯއާއި އެފަރާތްތަކުގެކިބައިގައި ހުއްނަންވާނެ ހުނަރުގެ ތަފްޞީލު
ހިމަނަންވާނެއެވެ.
4
- 6. ސަމާލުކަން ދޭންވީ ކަންތައްތައް
މެނޭޖްމަންޓްގައި މަސައްކަތް ކުރާ ފާރާތްތަކާބެހޭ ވިޔަފާރިއާ އެއްމެ
ގުޅުންހުރި މަޢުލޫމާތުތައް މިބައިގައި ބަޔާންކުރުމަށްފަހު، އެފަރާތްތަކުގެ
ވަނަވަރު އިތުރު މަޢުލޫމާތުގެ ގޮތުގައި ހިމެނުން. މީގެ ސަބަބުން، ބިޒްނަސް
ޕްލޭން ކިޔާފަރާތަށް މެނޭޖްމަންޓް ޓީމުގެ ހަރުދަނާކަން ފަސޭހައިން
ދެނެގަނެވޭނެއެވެ. އަދި މެނޭޖްމަންޓް ޓީމުގައި ތިބި ފަރާތްތަކުގެ އިތުރު
ތަފްޞީލު ބޭނުންނަމަ، އެފަރާތްތަކުގެ ވަނަވަރުން ބޭނުންވާ ތަފްޞީލުތައް
ހޯދޭނެއެވެ.
6
- 7. ސަމާލުކަން ދޭންވީ ކަންތައްތައް
ވިޔަފާރީގައި މަސައްކަތް މިހާރުން މިހާރަށްވެސް ފެށުމަށް
ތައްޔާރުވެފައި ތިބި ފަރާތްތައް ފާހަގަކުރުން
މެނޭޖްމަންޓް ޓީމުގެ ވަނަވަރާއި ފެންވަރު ބަޔާންކުރުމުގައި، އެއްމެ
ކާމިޔާބުކަމާއި ފުރިހަމަކަމާއެކު ނިންމިފައިވާ މަސައްކަތްތައް ފުރަތަމަ
ބަޔާންކުރުން
7
- 8. ސަމާލުކަން ދޭންވީ ކަންތައްތައް
ބިޒްނަސް ޕްލޭން ތައްޔާރުކުރާހިނދު ހުސްކޮށްހުރި މަޤާމުތަކަށް
ބޭނުންވާ މީހުންގެކިބައިގާ ހުއްނަންވާނެ ހުނަރާއި ވަޒީފާގެ ތަޖުރިބާ
ބަޔާންކުރުން
ވިޔަފާރިއަށް ނިޞްބަތްވާ އިސް ފަރާތްތަކުގެ އެއްމެ މުޙިއްމު އަދި
ވިޔަފާރިއާގުޅުންހުރި މަޢުލޫމާތު މި ބައިގައި ހިމެނުމަށްފަހު އެފަރާތްތަކުގެ
ވަނަވަރު އިތުރު މަޢުލޫމާތުގެތެރޭގައި ހިމަނާށެވެ.
8