More Related Content
More from fsjconsulting (17)
Viyafaari ragistry kuraane_sifa_kanda_elhun
- 3. ވިޔަފާރިތައް އާއްމު ގޮތެއްގައި ރަޖިސްޓްރީ ކުރެވޭ ސިފަތަކަކީ:
• ލޯކަލް އިންވެސްޓްމެންޓް: އެކަނި ހިންގާ އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި
ރަޖިސްޓްރީކުރުމުން ވިޔަފާރީގެ އެންމެހައި ފައިދާއާއި ގެއްލުމުގައި
އެމީހެއްގެ ނަފްސުން ހިއްސާވާން ޖެހޭ. ވިޔަފާރީގެ ދަރަނި
ފޫބެއްދުމަށްޓަކައި ނުވަތަ ވިޔަފާރި ބަނގުރޫޓްވުމުގެ ސަބަބުން އަމިއްލަ
ނަން މަތީގައިވާ މުދަލާއި ތަކެތި ވިއްކާލަން މަޖުބޫރުވޭ. ނަމަވެސް
ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޚަރަދާއި މަސައްކަތްތައް ކުޑަވޭ.
3
- 4. ވިޔަފާރިތައް އާއްމު ގޮތެއްގައި ރަޖިސްޓްރީ ކުރެވޭ ސިފަތަކަކީ:
• ޕާޓްނާޝިޕް: ޕާޓްނާޝިޕަކީ ދޭތް ނުވަތަ އެއަށްވުރެ ގިނަ މީހުން ގުޅިގެން
އެމީހުން އެކުގައި އަދި ވަކިވަކިން ދަރަންޏަށް ޒިންމާވާގޮތައް އުފެއްދޭ
ވިޔަފާރި. އެކަނި ހިންގާ ވިޔަފާރިއަކާއި ޕާޓްނާޝިޕަކާއި ހުންނަ ތަފާތަކީ
ޕާޓްނާޝިޕެއްގެ ފައިދާ އާއި ގެއްލުމުގައި ހުރިހައި ޕާޓްނަރުން
ބައިވެރިވާން ޖެހުން.
4
- 5. ވިޔަފާރިތައް އާއްމު ގޮތެއްގައި ރަޖިސްޓްރީ ކުރެވޭ ސިފަތަކަކީ:
• ކުންފުނި: ކުންފުންޏެއްގެ އެންމެ މުހިއްމު ސިފައަކީ އެކުންޏަކީ ގާނޫނީ
ވަކި ޝަހުސަކަށްވުން އަދި ދަރަންޏައް ޒިންމާވާން ޖެހޭ މިންވަރު
ކަނޑައެޅިފައިވާ ވުން. ކުންފުންޏަށް ލިބޭ ގެއްލުމުގައި ކުންފުނީގެ
ހިއްސާދާރުން އަމިއްލަ ނަފްސުން ބައިވެރިވަން ނުޖެހުމަކީ ކުންފުންޏެއްގެ
ގޮތުގައި ރަޖިސްޓަރީ ވުމުގެ އެންމެ ބޮޑު ފައިދާ.
5
- 6. ވިޔަފާރިތައް އާއްމު ގޮތެއްގައި ރަޖިސްޓްރީ ކުރެވޭ ސިފަތަކަކީ:
• ކޯޕަރޭޓިވް ސޮސައިޓީ: ކޯޕަރޭޓިވް ސޮސައިޓީއަކީ އެބައެއްގެ އިޤްތިޞާދީ
ބޭނުންތައް ފުއްދުމަށްޓަކައި އެބައަކު އަމިއްލަ އިސްނަގައިގެން އުފައްދާ
ޖަމާއަތެކެވެ. ކޯޕަރޭޓިވްގެ ހިއްސާ ގަނެ ކޯޕަރޭޓިވްގައި ބައިވެރިވުމުގެ
މިނިވަންކަން އެމުޖުތަމައެއްގެ އެންމެންނަށްވެސް ގާނޫނީގޮތުން
ހުޅުވިގެންވެއެވެ. ކޯޕަރޭޓިވް ސޮސައިޓީ އާއްމު ގޮތެއްގައި އުފައްދަނީ
އެމުޖުތަމައެއްގެ އެންމެންނަށްވެސް އެކަމުގައި ބައިވެރިވެ ފައިދާ ލިބޭ
ކަންކަމުގައެވެ.
6