More Related Content
More from fsjconsulting (15)
Vazeefaa dhey faraathuge_zinmaa
- 2. ވަޒީފާދޭ ފަރާތެއްގެ ހައިސިއްޔަތުން މުވައްޒަފުންގެ މައްޗަށް ޒިންމާތަކެއް
ވެއެވެ. މީގެ ތެރޭގައި ވަޒީފާ ދިނުމުގައި ތަފާތު ނުކުރުމާއި، ރައްކާތެރި
މަސައްކަތުގެ މާހައުލެއް ގާއިމްކުރުމާއި، ކަނޑައެޅިފައިވާ އިނާޔަތްތައް
ބަރާބަރަށް ދިނުން ހިމެނެއެވެ.
ވަޒީފާދޭ ފަރާތްތަކާއި މުވައްޒަފުންނަށް ގާނޫނީ ގޮތުން ލިބިދޭ ހައްގުތަކާއި
ޒިންމާތަކާއި ގުޅޭ މައުލޫމާތު ހޯދުމަށް ވަޒީފާއާބެހޭ ގާނޫނު ބަލާށެވެ.
2
- 3. ކޮންމެ މުވައްޒަފަކާއިއެކު ވަކި ވަޒީފާގެ އެއްބަސްވުމެއް އޮންނަންވާނެއެވެ.
މިއެއްބަސްވުމުގައި އެމުވައްޒަފަކަށް ލިބޭ މުސާރައާއި އިނާޔަތްތަކާއި،
ހަމަޖެހިފައިވާ އުސޫލުން ދެވޭ ޗުއްޓީއާއި، ގަޑިޖެހުމާއި މަސައްކަތައް
ހާޒިރުނުމުވުން އެޅޭނެ ފިޔަފަޅުތަކާއި މިނޫންވެސް ދެފަރާތައް އޮޅުންފިލާފައި
އޮންނަންޖެހޭނެ ކަންތައްތައް ސާފުކޮށް ލިޔުމުން އެނގެންޖެހޭނެއެވެ.
3
- 4. ވަޒީފާއާބެހޭ ގާނޫނުން މުވައްޒަފުން ލައްވާ މަސައްކަތްކުރެވޭނެ ގޮތްތަކާއި،
އެންމެ ގިނަވެގެން މަސައްކަތްކުރެވޭނެ ވަގުތާއި، އިތުރު ގަޑީގެ މަސައްކަތައް
އުޖޫރަދޭންޖެހޭ އުސޫލުތަކާއި، މުވައްޒަފުންނަށް ހައްގުވާ ޗުއްޓީއާއި ސަލާމް
ބުނެވޭނެ އުސޫލުތައް ކަނޑައެޅިފައި ވެއެވެ.
4
- 5. ދިވެހި ހުރިހައި މުވައްޒަފުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން
ސްކީމްގައި ބައިވެރިކުރުމަކީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނުނުން ވަޒީފާދޭ
ފަރާތެއްގެ މައްޗަށް ލާޒިމްކުރާ ކަމެކެވެ.
5