More Related Content
More from fsjconsulting (9)
Viyafaariah ehee dhey_marukazu
- 2. ވިޔަފާރި ކުރިއެރުވުމަށް އެހީވެދޭ މަރުކަޒު ނުވަތަ ބީޑީއެސްސީ )ބިޒްނަސް
ޑިވެލޮޕްމަންޓް ސާވިސް ސެންޓަރ( އަކީ ވިޔަފާރީގައި އަމިއްލަ ފަރުދުންގެ
ބައިވެރިވުން އިތުރުކުރުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް
ތަރައްގީކޮށް ކުރުއެރުވުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް
ޑިވެލޮޕްމަންޓުން ޤާއިމްކޮށްފައިވާ މަރުކަޒެކެވެ.
2
- 3. ރާއްޖޭގެ ހަތް ޕްރޮވިންސްގައި ޤާއިމުކުރެވެމުންދާ އެމަރުކަޒުގެ ގޮފިތަކުން
އެސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ކުދި އަދި މެދު ފަންތީގެ
ވިޔަފާރިތަކަށާއި އަލަށް ވިޔަފާރީ ފެށުމަށް ބޭނުންވާ ފަރުދުންނަށް އެހީތެރިކަން
ފޯރުކޮށްދެއެވެ.
3
- 4. ބީޑީއެސްސީން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި:
• ވިޔަފާރީކުރުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމްތައް ރާވާ
ހިންގުން
• ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާއި ވިޔަފާރީގައި ހަރަކާތްތެރިވަމުން
އަންނަ ފަރާތްތަކުން ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން
ފޯރުކޮށްދިނުން
• ވިޔަފާރި ފުޅާކުރުމަށާއި ކުރިއެރުވުމަށް ބޭނުންވާ އިންވެސްޓްމަންޓް
ފައިސާ ހޯދުމުގައި ލަފައާއި އެހީތެރިކަން ދިނުން
4