މަސައްކަތުގެ ފެންވަރުބެލުން
- 2. އަލިއަޅުވާލާނެ މައިގަނޑު ބައިތައް މަސައްކަތުގެ ފެންވަރު ބެލުމަކީ ކޮބައިކަން، އަދި އޭގެ ބޭނުމާއި ފައިދާ މަސައްކަތުގެ ފެންވަރުބެލޭ ދަރަޖަތައް މަސައްކަތުގެ ފެންވަރުބަލާ ފޯމު ޓާގެޓް ކަނޑައެޅުން މަސައްކަތްތަކަށް މާކްސް ދިނުން އެކި ފަރާތްތަކުގެ ދައުރު 2
- 4. މަސައްކަތުގެ ފެންވަރު ބެލުމަކީ ކޮބާ؟ އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފުން، އެމުވައްޒަފުންނާ ޙަވާލުކުރެވިފައިވާ މަސައްކަތްތައް، ކަނޑައެޅިފައިވާ މިންގަނޑަށް ކުރޭތޯ ބަލައި ވަޒަންކުރުން. މުވައްޒަފުން މަސައްކަތްކުރާ ގޮތާއި، ފެންވަރާއި، މިންވަރު ދެނެގަނެ ދަރަޖަކުރުން. 4
- 5. މުވައްޒަފާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެކަށީގެންވާ މިންވަރު ދެނެގަތުން އޮފީހުގެ މަޤްޞަދު ހާސިލުކުރުމަށް މުވައްޒަފު ހިއްސާކޮށްފައިވާ މިންވަރު ބެލުން މުވައްޒަފު ހުރި މަޤާމުގެ ވާޖިބުތައް އަދާކޮށްފައިވާ މިންވަރާއި ފެންވަރު ބެލުން 5 މަސައްކަތުގެ ފެންވަރު ބެލުމުގެ ބޭނުން
- 6. މަސައްކަތުގެ ފެންވަރު ބެލުމުގެ ބޭނުމާއި ފައިދާ އޮފީހުން ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް މަގުފަހިވުން މުވައްޒަފުން މަސައްކަތުގެ އަޚްލާޤާއި ސުލޫކީ މިންގަޑުތަކަށް ތަބަޢަވާ މިންވަރު ދެނެގަނެ، ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުން ފާހަގަކޮށް އަގު ވަޒަންކުރުން. މަސައްކަތްތައް ހަރުދަނާކޮށް ޤާބިލުކަން އިތުރުކުރުމަށް މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަތުން. މުވައްޒަފުންނަށް މަސައްކަތުގައި ދިމާވާ މައްސަލަތައް ދެނެގަނެ ޙައްލު ހޯދުމާއި، މުވައްޒަފުންގެ އިތުބާރާއި ޔަޤީންކަން އިތުރުވުން. ޝައުޤުވެރިކަމާއިއެކު ލަނޑުދަނޑި ޙާސިލު ކުރުމަށް މަސައްކަތްކުރާ ވެއްޓެއް ޤާއިމުވުން. 6
- 7. ނިޒާމްގެ ތަޢާރަފް ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ ނިޒާމު އެކުލެވިގެންވަނީ ތަނުގެ މަޤުޞަދުތައް ޙާސިލުވާގޮތަށް މުވައްޒަފުންނާ ހަވާލުކުރާ، މައިގަނޑު މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، އެ މުވައްޒަފުން އެ މަސައްކަތްތައް ކުރާ މިންވަރާއި ފެންވަރު ބަލައި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި މަޢުލޫމާތު ދެނެގަނެ މުވައްޒަފުންނަށް އެކަންކަމާމެދު މަޝްވަރާދިނުމުގެ މައްޗަށް. މުވައްޒަފުންގެ ފެންވަރު ބަލާ މަރކްސް ދޭންވާނީ ސުޕަވައިޒަރާއި މުވައްޒަފު ސީދާ ބައްދަލުކޮށް މަސައްކަތްކުރެވި ދިޔަގޮތާބެހޭގޮތުން މަޝްވަރާ ކުރުމަށްފަހު. 7
- 9. މަސައްކަތުގެ ފެންވަރު ބެލޭނީ ކޮން ބައެއްގެ؟ ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ ހުރިހާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލޭނެ. ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިންގެ މަސައްކަތުގެ ފެންވަރު ބަލާނީ ސިވިލް ސަރވިސް ކޮމިޝަނުން. އެހެން ހުރިހާ މުވައްޒަފުންގެ ފެންވަރު ބަލާނީ އެ މުވައްޒަފެއްގެ ސުޕަވައިޒަރު 9
- 10. މަސައްކަތުގެ ފެންވަރު ބެލޭ ދަރަޖަތައް މަސައްކަތުގެ ފެންވަރު ބެލުމުގައި މައިގަނޑު 3 ދާއިރާއަކަށް މުވައްޒަފުން ބަހާލެވޭ ސީނިއަރ އަދި މިޑްލް މެނެޖްމަންޓް ސަރވިސް އެސިސްޓެންޓް ޑިރެކްޓަރުން ފެށިގެން މަތީގެ މަޤާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުން. ސަޕޯޓް އޮފިސަރުން ސީނިއަރ އޮފިސަރުން ފެށިގެން ދަށުގެ މަޤާމުތަކުގައި ތިބޭ މުވައްޒަފުންގެ ތެރެއިން، އެކި އެކި ފަންނުތަކުގެ ގިންތިތަކާއި، އޮފީހުގެ އިދާރީ މުވައްޒަފުން. ސަޕޯޓް ސަރވިސް ވަކި ޚާއްޞަ ފަންނީ ތަމްރީނެއް ބޭނުންނުވާ މަޤާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުން. 10
- 11. މަސައްކަތުގެ ފެންވަރު ބަލާފޯމް މަސައްކަތުގެ ފެންވަރު ބަލާ ފޯމު ބެހިގެންވާ ގޮތް މަސައްކަތުގެ ފެންވަރުބަލާ ފޯމުގެ މައިގަނޑު ބައިތައް މުވައްޒަފާގުޅޭ އާންމު މަޢުލޫމާތު 11
- 12. މަސައްކަތުގެ ފެންވަރު ބަލާ ފޯމު ކޮންމެ މުވައްޒަފަކަށް އެ މުވައްޒަފެއްގެ ފެންވަރާގުޅޭގޮތުން ވަކި ފޯމެއް ފުރަންޖެހޭނެ. ވަކި ޚާއްޞަ ފަންނުތަކުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ވަކި ފޯމެއް ތައްޔާރުކޮށް ސިވިލް ސަރވިސް ކޮމިޝަނުން ފާސްކުރުމަށްފަހު ބޭނުން ކުރެވިދާނެ. 12
- 14. ފޯމު ފުރުމުގެ މަސައްކަތް ކުރިއަށް ގެންދާނޭގޮތް 14 މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްޝަން ފޯމުތައް ފޮނުވާ ޓާގެޓް ކަނޑައަޅަން އެންގުން ފެބުރުއަރީ ފެބުރުއަރީ މުވައްޒަފު މަސައްކަތްކުރާ ސެކްޝަން ޓާގެޓްތައް ސެޓްކޮށް ފޯމުގައި ސޮއިކުރުން އަހަރު މެދުތެރޭ ރިވިއުކުރުމަށް ހަނދާން ކޮށްދިނުން މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްޝަން ޖުލައި މުވައްޒަފު މަސައްކަތްކުރާ ސެކްޝަން އަހަރު މެދުތެރޭ ރިވިއު ކުރުން ޖުލައި އަހަރު ނިމުމުން މަސައްކަތުގެ ފެންވަރު ބެލުމަށް ހަނދާން ކޮންދިނުން މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްޝަން ޖެނުއަރީ މުވައްޒަފު މަސައްކަތްކުރާ ސެކްޝަން އަހަރު ނިމުމުން މަސައްކަތުގެ ފެންވަރު ބެލުން ޖެނުއަރީ ހިއުމަން ރިސޯސް ޕެނަލް މައްސަލައެއް ދިމާވެއްޖެނަމަ ހައްލުކުރުން ފެބްރުއަރީ ޗެކްކޮށް ރިޕޯޓްތައްޔާރުކުރުން މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްޝަން މާޗް
- 28. ވަޒީފާ ބަޔާން - ސެކްރެޓަރީ ސެކްޝަންގައި ފައިލުކުރަންޖެހޭ ތަކެތި ތަރުތީބުން ފައިލުކޮށް ބެލެހެއްޓުން. ސެކްޝަނަށް އަންނަ ތަކެތި ބަލައިގަނެ، އެންޓްރީކޮށް، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން. ސެކްޝަންގެ ޔައުމިއްޔާ ލިޔުމާއި، އެކަމާގުޅޭ ކަންތައްތައް ބެލެހެއްޓުން. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން. 18
- 29. ވަޒީފާ ބަޔާނުގައި އެކަށީގެންވާ ވަރަށްވުރެ ގިނަ ކަންތައްތަކެއް ހިމަނާލެވޭ ބައެއް ސަބަބުތައް އޮފީހުގެ ޕްރޮސީޖަރ މެނުއަލްއެއް ނެތުން. މުވައްޒަފަކު ޙާޒިރުނުވެއްޖެނަމަ އެ މަސައްކަތްކުރާނެ މުވައްޒަފެއްގެ ވަޒީފާބަޔާނުގައި އަނެއް މުވައްޒަފުގެ މަސައްކަތްތައް ހިމަނާފައި އޮތުން. ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފާ މުހިންމު އަދި ގިނަ މަސައްކަތްތަކެއް ޙަވާލުކުރެވޭގޮތް ވުން. ހައްލު ތަމްރީކުރުން ވަގުތުގައި ފިޔަވަޅު އެޅުން އެއް ހަމަޔަކުން މުވައްޒަފުންނާ މެދު ކަންތައްތައް ކުރުން 19
- 35. ޓާގެޓް ކަނޑައެޅުން މަސައްކަތް: ސެކްޝަންގައި ފައިލު ކުރަންޖެހޭ ތަކެތި ތަރުތީބުން ފައިލުކޮށް ބެލެހެއްޓުން. ޓާގެޓް: ފުރަތަމަގޮތް ޓާގެޓް: ދެވަނަގޮތް ސެކްޝަނުގައި ފައިލުކުރަންޖެހޭ ހުރިހާ ތަކެތި ބޭނުންވާ ވަގުތު ފަސޭހައިން ހޯދޭނެގޮތަކަށް ލިބޭތާ އެއް ދުވަހުގެ ތެރޭގައި ފައިލު ކުރުން. 22
- 37. މަސައްކަތް (ޓާގެޓް ލިޔުން) ކޮންމެ ގްރޫޕަކުން އެ ގްރޫޕްގައި ހިމެނޭ ކޮންމެވެސް މުވައްޒަފެއް ކުރާ 2 މަސައްކަތެއް ބަޔާންކުރުން. ކަނޑައެޅުނު 2 މަސައްކަތުން ކޮންމެ މަސައްކަތަކަށް ޓާގެޓެއް ލިޔުން. މަސައްކަތާއި ޓާގެޓް ކަނޑައެޅުމުގައި މުޅި އަހަރުދުވަހު ކުރާނެ ކަމަކަށް ވާންޖެހޭނެ ޓާގެޓް ލިޔުމުގައި ޓާގެޓްގައި ހުންނަން ޖެހޭ އަސާސީ ސިފަތަކަށް ވިސްނައިގެން، މިންވަރާއި، ފެންވަރާއި އަދި ވަގުތު ބަޔާންވެފައި އޮންނަންވާނެ. 24
- 38. ޓާގެޓް ކަނޑައެޅުން ކޮންމެ މުވައްޒަފަކަށްވެސް 5 ޓާގެޓް ކަނޑައެޅުން ޙަވާލުކުރެވޭ މަސައްކަތްތަކުގެ ބާވަތުން ޓާގެޓްގެ ޢަދަދު އުނި އިތުރު ވުމަކީ އެންމެ ރަނގަޅުކަމެއް މަސައްކަތުގެ ފެންވަރުބަލާ އަހަރު ފެށޭއިރު ސުޕަވައިޒަރާ މަޝްވަރާކޮށް ޓާގެޓްތައް ކަނޑައަޅާނީ މުވައްޒަފެވެ. ޓާގެޓް ކަނޑައެޅުމުގެ މަސައްކަތް ނިމޭނީ އެ ޓާގެޓްތަކަށް އެއްބަސްވާކަމަށް ސުޕަވައިޒަރާއި މުވައްޒަފު ސޮއިކުރުމުން. 25
- 39. ޓާގެޓްތަކުގެ އިތުރުން މަސައްކަތްތައް ޙަވާލުކުރުން މަސައްކަތުގެ އަހަރުގެ ތެރޭގައި ކަނޑައަޅާފައިވާ މަސައްކަތްތަކުގެ އިތުރުން މަސަކަތް ހަވާލުކުރެވިދާނެ. މިގޮތުން މުވައްޒަފަކު ޗުއްޓީ ނެގުމުން. އައު ކަމެއް ނުވަތަ ޚާއްޞަ މަސައްކަތެއް ކުރަންޖެހުން. މިފަދަ ޙާލަތްތަކުގައި މަސައްކަތާ އެކަށީގެންވާގޮތަށް ޓާގެޓް ކަނޑައަޅަންވާނެ. މަސައްކަތް ޙަވާލުކުރަންވާނީ ލިޔުމުން. ކަނޑައެޅޭ ޓާގެޓްތައް މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބަލާ ފޯމާ ގުޅާލުން އަހަރު ނިމުމުން މަސައްކަތުގެ ފެންވަރު ބަލާއިރު އިތުރުން ޙަވާލުކުރެވޭ ކަންތައްތައް ކޮށްފައިވާ ގޮތަށްވެސް ރިޢާޔަތްކޮށް މާކްސް ދިނުން. 26
- 40. އަހަރު މެދުތެރެއިން ޓާގެޓްތައް ރިވިއުކުރުން ސެކްޝަން 2 (ށ): މަސައްކަތް ހިނގާނުހިނގާ ގޮތް ބެލުން: މަސައްކަތުގެ ފެންވަރު ބަލާއަހަރު ދެބައިވުމުން މަސައްކަތް ހިނގާނުހިނގާގޮތް ބެލުން. ޓާގެޓްތައް ކަނޑައެޅިފައިވަނީ ރަނގަޅަށްތޯބަލައި މައްސަލައެއް ވާނަމަ ބަދަލުގެނައުން. މުވައްޒަފާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރިއަށްދާގޮތް ބަލައި މަޝްވަރާކޮށް ހިތްވަރުދީ، ކަމާއެކަށީގެންވާގޮތަށް ފިޔަވަޅުއެޅުން މިބައިގެ މަސައްކަތް ފުރިހަމަވާނީ ގެނެވުނު ބަދަލުތަކާމެދު މުވައްޒަފާ ސުޕަވައިޒަރު އެއްބަސްވާކަމަށް ސޮއިކުރުމުން. 27
- 44. މުވައްޒަފުގެ ދައުރު ހަވާލުކުރެވޭ މަސައްކަތްތައް ރަނގަޅަށް އޮޅުންފިލުވައި، އެކަން ކުރުމަށް ކަނޑައަޅާފައިވާ ގޮތަށް ކުރުން. އެކަމެއް ކުރުމަށް އޮންނަ އެންމެ ރަނގަޅަށް ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކު ކުރުން. ދިމާވާ މައްސަލަތައް ސުޕަވައިޒަރާ ހިއްސާކުރުން. މަސައްކަތް ކުރުމަށާއި، މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ މަޢުލޫމާތާއި، ހުނަރާއި އަދި ވަޞީލަތްތައް ހޯދުމަށް މަސައްކަތް ކުރުން. ހަވާލުކުރެވިފައިވާ ޒިންމާތައް ބަރާބަރަށް އަދާކުރުން. 29
- 45. ސުޕަވައިޒަރުގެ ދައުރު މުވައްޒަފާ މަސައްކަތް ހަވާލުކޮށް، އެ މަސައްކަތް ކުރަންވީގޮތް އޮޅުން ފިލުވައިދިނުން ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރާގޮތް ބަލައި، މަސައްކަތައް އަންނަ ބަދަލުތައް ދެނެގަތުން. މަސައްކަތްކުރާނެ ރަނގަޅު މާޙައުލެއް ޤާއިމުކޮށްދިނުން. ހަވާލުކުރެވޭ މަސައްކަތް ރަނގަޅަށް ނުކުރެވޭނަމަ، ކުރަންވީގޮތް އަންގައިދީ، މަސައްކަތްކުރުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު އަދި ވަޞީލަތްތައް އިތުރުކުރުމަށް މަގުފަހިކޮށްދީ، އެހީތެރިވެ ދިނުން. މަސައްކަތަށް ފަރުވާކުޑަކުރުންފަދަ ކަންތައްތައް ހިނގާނަމަ އިޞްލާޙީ ފިޔަވަޅުއެޅުން. ރަނގަޅަށް ކުރާ މަސައްކަތްތައް ދެނެގަނެ ފާހަގަކުރުން. މުވައްޒަފާ ސުޕަވައިޒަރާދެމެދު އޮންނަ ގުޅުން ހަރުދަނާކުރުން. 30
- 46. ފޯމުފުރުމުގައި ސުޕަވައިޒަރު މަސައްކަތުގެ ފެންވަރުބަލާ ފޯމު ފުރުމުގައި ސުޕަވައިޒަރަކީ އެ މުވައްޒަފަކު ސީދާ ރިޕޯޓުކުރަންޖެހޭ އިސް މުވައްޒަފެވެ. މިގޮތުން މާކްސް ދޭ ދުވަހާއި ހަމައަށް މުވައްޒަފުގެ މަސައްކަތް ހިނގާނުހިނގާގޮތް ބަލާތާ މަދުވެގެން 6 މަސްވެފައިވުން. އެފަދަ މީހަކު ނެތްނަމަ، ދެން އެންމެ އިސްކޮށް ރިޕޯޓުކުރަން ހުންނަ މުވައްޒަފު މަސައްކަތްކުރާގޮތް ބަލާ އަދި އެނގޭ މުވައްޒަފަކު އެހެން އޮފީހަކަށް ބަދަލުވުން ނުވަތަ ސުޕަވައިޒަރު ވަކިވުމުގެ ސަބަބުން ފޯމުފުރޭގޮތް މެދުވެރި ނުވެއްޖެނަމަ، އެ މުވައްޒަފަކާއި ޖެހިގެން އެންމެ އިސްކޮށް ހުރި މުވައްޒަފަކު. ދެ އޮފީހެއްގައި މުވައްޒަފުގެ ޚިދުމަތް ލިބިފައިވާނަމަ، 100 ދުވަސް ހަމަކޮށްފައިވާ އޮފީހެއްގައި ރިޕޯޓުކުރާ ސުޕަވައިޒަރު 31
- 47. އެހެނިހެން ފަރާތްތައް މަސައްކަތުގެ ފެންވެރުބެލުމުގެ ނިޒާމަކީ ހަރުދަނާ، އިންސާފުވެރި، ފައިދާހުރި ނިޒާމަކަށް ހެދުމަށްޓަކައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރަންޖެހޭ. ސުޕަވައިޒަރާ މުވައްޒަފާ ދެމެދު ދިމާވާ މައްސަލަތައް ސެކްޝަން ނުވަތަ ޑިވިޝަން ހެޑަށް ޙައްލުކުރެވިދާނެ. ސުޕަވައިޒަރަށް ޙައްލު ނުކުރެވޭ މައްސަލަތަކާއި، ޖުމްލަ ގޮތެއްގައި މަސައްކަތުގެ ފެންވަރު ބެލުމުގެ ކަންތައްތައް ދާގޮތް ބެލުމަކީ ހިޔުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަސްއޫލިއްޔަތެއް. އޮފީހުގެ ތެރޭގައި ކާމިޔާބުކަމާއެކު ހިންގުމަށް ބޭނުންވާ ކަންތައްތަކަށް މަގުފަހިކޮށްދިނުމަކީ ޒިންމާދާރު އިސްވެރިޔާގެ ޒިންމާއެއް. މުޅި ސިވިލް ސަރވިސްގައި މަސައްކަތް އިންސާފުވެރިކަމާއެކު ހިންގުމާއި، އޮފީސްތަކުގައި ދިމާވާ މައްސަލަތައް ޙައްލުކޮށްދޭނީ ކޮމިޝަނުން. 32
- 48. މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ދެނެގަތުން ސެކްޝަން 3: ހަވާލުކޮށްފައިވާ މަސައްކަތްތައް ފުރިހަމަކޮށްފައިވާ ގޮތް ސެކްޝަން 4: މަސައްކަތުގެ މަޢުލޫމާތާއި ހުނަރު ސެކްޝަން 5: މުވައްޒަފުގައި ހުންނަންވީ ސިފަތައް ސެކްޝަން 6: މަސައްކަތުގެ ދާއިރާގައި ބަހައްޓަންޖެހޭ ގުޅުން 33
- 49. މަސައްކަތް (ރޯލް ޕްލޭ) ކޮންމެ ގްރޫޕަކުން ސުޕަވައިޒަރަކާ މުވައްޒަފެއްގެ ރޯލް ކުޅޭނެ ބޭފުޅުން ކަނޑައެޅުން. ރޯލް ޕްލޭގައި ދައްކުވައިދޭނީ އަހަރު ނިމުމުން މާކްސް ދިނުމުގެގޮތުން މުވައްޒަފާ ސުޕަވައިޒަރާ ދެމެދު ބާއްވާ ބައްދަލުވުމުގައި ދެކެވޭ ވާހަކަތައް ކޮންމެ ގްރޫޕަކަށް ލިބޭނީ 5 މިނިޓް، ފަސް މިނިޓް ހަމަވަންދެން ކުރިއަށް ގެންދަންވާނެ. ރޯލް ޕްލޭގައި މުޅި އަހަރުދުވަހު މުވައްޒަފު މަސައްކަތް ކޮށްފައިވާ ގޮތަށް ބަލާ ވާހަކަ ދެކެވެންވާނެ. އަދި ނިންމާލަމުން މުވައްޒަފަށް 100 އަކުން ލިބޭ މާކްސް ކަނޑައަޅަންވާނެ. ރޯލްޕްލޭ ނިމުނުން ބައްދަލުވުން ދިޔަ ގޮތާ ބެހޭގޮތުން އެހެން ބައިވެރިންގެ ޚިޔާލު ހުށަހެޅުން. 34
- 50. ސެކްޝަން 3، 4، 5، އަދި 6 ފުރިހަމަކުރުން މި ސެކްޝަންތަކަށް ނަތީޖާ ކަނޑައަޅާނީ މަސައްކަތުގެ ފެންވަރުބަލާ މުއްދަތު ނިމުމުން މުވައްޒަފާ އިންޓަރވިއު ކުރުމަށްފަހު ސުޕަވައިޒަރެވެ. ނަތީޖާ ކަނޑައެޅުމުގައި ގެންގުޅޭނެ މިންގަޑުތަކަކީ: 35
- 51. ސެކްޝަން 3: މަސައްކަތްތައް ފުރިހަމަކޮށްފައިވާ ގޮތް މިބައި ފުރިހަމަކުރާނީ ފެންވަރު ބެލޭ މުއްދަތު ނިމުމުން ސުޕަވައިޒަރު. މިބަޔަށް މާކްސް ދެވޭ މައިގަނޑު ބައިތަކަކީ: ހ. މަސައްކަތްކުރާ މިންވަރު (މަސައްކަތް ނިންމާ މިންވަރު އަދި ޢަދަދު (އިތުރު ކްލާސް ހިންގުން، ކިޔަވައިދިނުމުގައި އިތުރު ޙަރަކާތްތަކުގައިވާ ހިއްސާ، ޚާއްޞަ ޙަރަކާތްތަކުގައި ބައިވެރިވުން) 36
- 52. ސެކްޝަން 3: މަސައްކަތްތައް ފުރިހަމަކޮށްފައިވާ ގޮތް މިބައި ފުރިހަމަކުރާނީ ފެންވަރު ބެލޭ މުއްދަތު ނިމުމުން ސުޕަވައިޒަރު. މިބަޔަށް މާކްސް ދެވޭ މައިގަނޑު ބައިތަކަކީ: ށ. މަސައްކަތްކުރާ ފެންވަރު (މަސައްކަތުގެ ފުރިހަމަކަން، ފަރުވާތެރިކަމާއި ރަނގަޅުކަން، އަދި ސާފުތާހިރުކަން، ފިލާވަޅު ތައްޔާރުކުން، އާގޮތްތަކަށް ކިޔަވާދިނުން، ތަފާތު ޓީޗިން އެއިޑްގެ ބޭނުން ހިފުން، ތަފާތު އިވެލުވޭޓިން މެތަޑް ބޭނުންކުރުން.) 37
- 53. ސެކްޝަން 3: މަސައްކަތްތައް ފުރިހަމަކޮށްފައިވާ ގޮތް މިބައި ފުރިހަމަކުރާނީ ފެންވަރު ބެލޭ މުއްދަތު ނިމުމުން ސުޕަވައިޒަރު. މިބަޔަށް މާކްސް ދެވޭ މައިގަނޑު ބައިތަކަކީ: ނ. މަސައްކަތް ނިންމަންޖެހޭ ވަގުތުގެ ތެރޭގައި ނިންމާފައިވާ މިންވަރު (ކަނޑައެޅިފައިވާ ވަގުތެއްގެ ތެރޭގައި ނިންމާފައިވާ މިންވަރު. ލެސަން ޕްލޭން ހުށަހެޅުން، ދަރިވަރުންގެ ފޮތްތައް މާކް ކުރުން، ކިޔަވައިދިނުމަށް ޓެސްޓް ނަތީޖާތައް ތައްޔާރުކުރުން) ރ. މަސައްކަތްކުރުމުގައާއި މަސައްކަތް ޙަވާލުކުރުމުގައި ޢާންމު ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތާ މިންވަރު 38
- 55. ސެކްޝަން 4:މަސައްކަތުގެ މަޢުލޫމާތާއި ހުނަރު މިބައި ފުރިހަމަކުރާނީ ސުޕަވައިޒަރު މިބައިގައި މާކްސް ދެވޭ މައިގަނޑު ބައިތަކަކީ: ހ. ކިޔަވާދިނުމާ ކިޔަވައިދޭންޖެހޭ މާއްދާގެ މަންހަޖަށް ހޭލުންތެރިވެފައިވާ މިންވަރާއި އެކަންތައްތަށް އެނގި އޮޅުންފިލާފައިވުމާއެކު، އޭގެ ފައިދާ މަސައްކަތްކުރާ މިންވަރު ށ. ބަސް މޮށުންތެރިކަން ހުރި މިންވަރު (ކިޔަވާދެއްވާ މާއްދާއަކާ ގުޅިގެން ބޭނުންކުރަންޖެހޭ ބަސް ބޭނުންކުރުމުގެ ޤާބިލުކަން ހުރި މިންވަރު) 40
- 56. ސެކްޝަން 4:މަސައްކަތުގެ މަޢުލޫމާތާއި ހުނަރު މިބައި ފުރިހަމަކުރާނީ ސުޕަވައިޒަރު މިބައިގައި މާކްސް ދެވޭ މައިގަނޑު ބައިތަކަކީ: ނ. މަސައްކަތް އަދި މަސައްކަތާގުޅޭ ކަންތައްތައް ރޭވުމުގެ ހުނަރު ލިބިފައިވާ މިންވަރު. (ކުރަންޖެހޭ މަސައްކަތް އޮޅުންފިލާ، ވާޞިލުވާންޖެހޭ އަމާޒުތަކާއި އިސްކަންދޭންޖެހޭ ކަންތައްތައް ކަނޑައަޅާ ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ރޭވުމުގެ ހުނަރު ހުރި މިންވަރު، އަދި މީހުންލައްވާ މަސައްކަތްކުރުމުގެ ހުނަރު ހުރި މިންވަރު) 41
- 57. ސެކްޝަން 4:މަސައްކަތުގެ މަޢުލޫމާތާއި ހުނަރު މިބައި ފުރިހަމަކުރާނީ ސުޕަވައިޒަރު މިބައިގައި މާކްސް ދެވޭ މައިގަނޑު ބައިތަކަކީ: ރ. ވިސްނުންތެރި ގޮތެއްގައި ކަންތައްތައް ކަނޑައަޅައި ނިންމުމުގެ ހުނަރު ލިބިފައިވާ މިންވަރު. (ސްކޫލްގެ މަޤްޞަދުތައް ޙާޞިލުވާގޮތަށް، ކަންތައް ކަނޑައަޅައި ނިންމަންޖެހޭ ވަގުތުގެ ތެރޭގައި ނިންމުމުގެ ހުނަރު ލިބިފައިވާ މިންވަރު) ބ. ރަނގަޅުގޮތުގައި މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު. (ޙަވާލުކުރެވިފައިވާ މަސައްކަތްތައް ޙާޞިލްކުރުމަށްޓަކައި ބޭނުންވާ އެއްބާރުލުމާއި އެއްބައިވަންތަކަން މުވައްޒަފުންނާއި ބެލެނިވެރިންގެ މެދުގައި ޤާއިމުކުރުމަށްޓަކައި ފައިދާހުރި ގޮތެއްގައި މުޢާމަލާތުކުރުން) 42
- 58. ސެކްޝަން 4:މަސައްކަތުގެ މަޢުލޫމާތާއި ހުނަރު މިބައި ފުރިހަމަކުރާނީ ސުޕަވައިޒަރު މިބައިގައި މާކްސް ދެވޭ މައިގަނޑު ބައިތަކަކީ: ޅ. މައްސަލަތައް ޙައްލުކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު. (މައްސަލަތައް ދެނެގަތުމާއި މައްސަލަތައް ޙައްލުކުރެވިދާނެ ތަފާތު ގޮތްތައް ހޯދައި ބޭނުންކުރުން) ކ. ދުރުވިސްނުން، އުފެއްދުން ތެރިކަން. (ކަންކަމާމެދު ދުރާލާ ވިސްނުމާއި، އެކަމަށް އެކަށީގެންވާ ފިޔަވަޅު އެޅުމާއި، އުފެއްދުންތެރި ޚިޔާލާއި ގޮތްތައް، މަސައްކަތަށް ފައިދާ ހުރި ގޮތެއްގައި ބޭނުންކުރުން) 43
- 60. ސެކްޝަން 5:މުވައްޒަފުގައި ހުންނަންވީ ސިފަތައް މިބައި ފުރިހަމަކުރާނީ ފެންވަރު ބެލޭ މުއްދަތު ނިމުމުން ސުޕަވައިޒަރު. މިބައިގައި މާކްސް ދެވޭ މައިގަނޑު ބައިތަކަކީ: ހ. އިސްނެގުން (ސްކޫލްގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ބޭނުންވާ ވަޞީލަތްތައް ރޭވުމުގައި، އުފެއްދުންތެރި ގޮތެއްގައި އެވަޞީލަތްތައް ބޭނުންކުރުމުގައި އިސްދައުރެއް އަދާކުރުމާއި ލަނޑުދަނޑިތައް ހާޞިލުކުރުމަށް އިސްކަން ދިނުމުގައާއި ހަރުދަނާވުމުގައި ނަމޫނާއަކަށްވުން) ށ. އިންޓެގްރިޓީ (ތެދުވެރިކަން، އިޚްލާޞްތެރިކަން) އެހެން މީހުންނަށް އިތުބާރު ހިފޭފަދަ ތެދުވެރި ސިފަތަކެއް ހުރުން 45
- 61. ސެކްޝަން 5:މުވައްޒަފުގައި ހުންނަންވީ ސިފަތައް މިބައި ފުރިހަމަކުރާނީ ފެންވަރު ބެލޭ މުއްދަތު ނިމުމުން ސުޕަވައިޒަރު. މިބައިގައި މާކްސް ދެވޭ މައިގަނޑު ބައިތަކަކީ: ނ. ހިތްހެޔޮކަމާއި ހަމަހަމަކަން (ކިޔަވައި ދުނުމުގައާއި މަސްއޫލިއްޔަތު އަދާކުރުމުގައި އިންސާފުވެރިވުމާއި ހިތް ހެޔޮވުން.) ރ. މަސައްކަތުގެ އަޚްލާޤާއި ސުލޫކީ މިންގަނޑު (ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި އަޚްލާޤް ރަނގަޅުވުން. އަދި އޮފީސް ގަޑި ބޭނުންތެރިގޮތުގައި އޮފީހުގެ މަސައްކަތަށް ހޭދަކުރުން) 46
- 62. ސެކްޝަން 5:މުވައްޒަފުގައި ހުންނަންވީ ސިފަތައް މިބައި ފުރިހަމަކުރާނީ ފެންވަރު ބެލޭ މުއްދަތު ނިމުމުން ސުޕަވައިޒަރު. މިބައިގައި މާކްސް ދެވޭ މައިގަނޑު ބައިތަކަކީ: ބ. އިތުބާރު ހިފޭ މިންވަރު (ތަފާތު އެކި މަސައްކަތްތައް އިޚްލާސްތެރިކަމާއެކު ޤާބިލުކަން ހުރި އެންމެ ރަނގަޅަށް ކުރާނެކަމުގެ އިތުބާރު އޮތް މިންވަރު) ޅ. ކްލާސް ރޫމް ކޮންޓްރޯލް ކުރުން އަދި ދަރިވަރުންގެ އަޚްލާޤް ބެލެހެއްޓުން ކ. ވަގުތު އެންމެ އެދެވޭ އަދި ފުރިހަމަ ގޮތުގައި ބޭނުން ކުރުމުގެ ހުނަރު (މަޤާމުގެ މައިގަނޑު މަސައްކަތްތައް އަދި އެހެނިހެން މަސައްކަތްތައް ފުރިހަމަ ގޮތުގައި ރޭވުން އަދި ބޭނުން ކުރުން) 47
- 63. ސެކްޝަން 5:މުވައްޒަފުގައި ހުންނަންވީ ސިފަތައް މިބައި ފުރިހަމަކުރާނީ ފެންވަރު ބެލޭ މުއްދަތު ނިމުމުން ސުޕަވައިޒަރު. މިބައިގައި މާކްސް ދެވޭ މައިގަނޑު ބައިތަކަކީ: އ. ހާލަތާއި އެއްގޮތަށް ބަދަލުވުމުގެ ޤާބިލުކަން (މަސައްކަތުގެ މާޙަލަށާއި ކުރަންޖެހޭ މަސައްކަތްތަކަށް ދުވަހުން ދުވަހަށް އަންނަ ބަދަލާއި އެއްގޮތަށް މުވައްޒަފު ބަދަލުވުމަށް ހުރި ކުޅަދާނަކަން) ވ. މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު (މަސައްކަތް ކުރުމުގައި އަދި މަސްޢޫލިއްޔަތު އުފުލުމުގައި ބަހައްޓާ ޝައުޤު ވެރިކަން) 48
- 64. ސެކްޝަން 5:މުވައްޒަފުގައި ހުންނަންވީ ސިފަތައް މިބައި ފުރިހަމަކުރާނީ ފެންވަރު ބެލޭ މުއްދަތު ނިމުމުން ސުޕަވައިޒަރު. މިބައިގައި މާކްސް ދެވޭ މައިގަނޑު ބައިތަކަކީ: މ. ލީޑަރޝިޕް ހުނަރުތައް (ދަރިވަރުންގެ ކުރިއެރުމާމެދު ވިސްނާ ޒިންމާދާރުވެ، ކަންތައްތަކަށް އިސްނަގާ ކަންތައްތައް ރާވާ ހިންގާ އެހެން މީހުން ގޮވައިގެން މަސައްކަތް ކުރުމުގެ ހުނަރު) ފ. ސެލްފް ޑިވެލޮޕްމަންޓް (އަމިއްލަ ކުރިއެރުމަށް މަސައްކަތްކުރާ މިންވަރު) (މުވައްޒަފުގެ އަމިއްލަ ކުރިއެރުމަށްޓަކައި ވަޒީފާއާބެހޭ އައު ލިޔެކިޔުންތަކާއި މަޢުލޫމާތު ކިޔައި ވަޒީފާގައި ކުރިއެރުމަށްޓަކައި ދެނެގަތުމުގެ މުހިންމު މަޢުލޫމާތު ހޯދާ ބަލާ ކިޔާ މިންވަރު) 49
- 66. ސެކްޝަން 6:މަސައްކަތުގެ ދާއިރާގައި ބަހައްޓަންޖެހޭ ގުޅުން މިބައި ފުރިހަމަކުރާނީ ފެންވަރު ބެލޭ މުއްދަތު ނިމުމުން ސުޕަވައިޒަރު. މިމިބައިގައި މާކްސް ދެވޭނީ މަސައްކަތުގެ ދާއިރާގައި ބަހައްޓަންޖެހޭ ގުޅުން ފައިދާހުރި ގޮތެއްގައި ބަހައްޓާ މިންވަރުގެ މައްޗައް ބަލައިގެން. މަސައްކަތުގެ ދާއިރާގައި ބަހައްޓަންޖެހޭ ގުޅުން އޮފީހަށް އެންމެ ފައިދާހުރި ގޮތުގައި ބަހައްޓާ މިންވަރު (މަސައްކަތުގައި މާޙައުލަކީ އެކުވެރި ހަމަޖެހޭ މާޙައުލަކަށް ހެދުމުގެ ޤާބިލުކަމާއި ވިސްނުންތެރިކަން ހުރި މިންވަރު، ދަރިވަރުންނާއި، ބެލެނިވެރިންނާއި އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުމާއި އިޙްތިރާމްކުރުމުގެ ޤާބިލުކަން ހުރި މިންވަރު. ޓީމުގައި މަސައްކަތް ކުރާ މިންވަރު) 51
- 67. މާރކްސް ދިނުމަށް ބާއްވާ ބައްދަލުވުމުގައި ކުރުން ރަނގަޅު ކަންތައްތައް ދެފަރާތުންވެސް ދެކޭގޮތާއި ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ބޭއްވުން ދެބަސްނުވެ މަޝްވަރާކުރުން ދިމާވާ ދަތިތައް ފާހަގަކޮށް ހައްލު ހޯދުމަށް މަޝްވަރާކުރުން އަހަރުތެރޭ މުވައްޒަފު މަސައްކަތް ކުރިގޮތުގެ ރެކޯޑަށް ބެލުން 52
- 68. މާރކްސް ދިނުމަށް ބާއްވާ ބައްދަލުވުމުގައި ކުރުން ރަނގަޅު ނޫން ކަންތައްތައް އަހަރު ތެރޭދިމާވެފައިވާ މަދު ކަމަކަށް ބެލުން ވަކި ގޮތަކަށް މާރކްސް ދިނުމަށް ބާރު އެޅުން 53
- 69. މާކްސް ދިނުމުގައި ސުޕަވައިޒަރު ވިސްނަންޖެހޭ ކަންތައްތައް މަސައްކަތުގެ ފެންވަރު ބެލުމުގައި ހަމަހަމަކަން ގެއްލި އެކި މުވައްޒަފުންނަށް އެކިގޮތަށް ކަންތައް ކުރެވޭނަމަ، މިފަދަ ނިޒާމަކުން ނުކުންނަންޖެހޭ އެންމެ އެދެވޭ ނަތީޖާ ނުނެރެވޭނެ. އިންސާފުން އެއްކިބާވެވޭ ބައެއް ސަބަބުތަކަކީ: މުވައްޒަފާ ދޭތެރޭ ވަކިގޮތަކަށްދެކޭތީ، އެ މުވައްޒަފެއްގެ ކިބައިގައި ހުރި ރަނގަޅު ނުވަތަ ނުރަނގަޅު ސިފަތަކަށް ބެލޭގޮތް ނުވުން. އަބަދުވެސް މެދުމިންވަރެއްގައި މާކްސްދެވޭ ގޮތް ވުން. މާބޮޑަށް ހަރުކަށިވުން، ނުވަތަ ލުއިވުން. ވަކި ބަޔަކަށް ނުވަތަ ގްރޫޕަކަށް ނިސްބަތްވާތީ މާކްސް ދިނުމުގައި ތަފާތު ކުރެވުން. އެންމެ ފަހުދުވަސްކޮޅު ދިމާވެފައި އޮންނަކަމަކުން މާކްސްދިނުމަށް އަސަރުކުރުން. އަހަރުތެރޭ ކުރެވިފައި އޮންނަ އެންމެ ކަމަކުން މުޅި އަހަރުގެ ރޭޓިން ތަފާތުވުން. 54
- 70. އިންސާފުވެރި ވުމަށް އެޅޭނެ ބައެއް ފިޔަވަޅުތައް ސްޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ ހާދިސާ ރިޕޯޓް ތައްޔާރުކުރުން. ދިމާވާ އެކި ކަންތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުގައި އެޅުން. އަޅާ ފިޔަވަޅުތައް ލިޔެކިޔުމުން ފެންނަގޮތައް ބޭއްވުން. އަބަދުވެސް މުވައްޒަފުން ކުރާ މަސައްކަތްތައް ބަލައި ޗެކްކޮށް އިޞްލާޙުކުރަންވީ ކަންތައްތައް އޮޅުންފިލުވައި ދިނުން. މުވައްޒަފުންނަށް މަސައްކަތްކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން. މުވައްޒަފުގެ ޤާބިލިއްޔަތު ތަންދޭ މިންވަރަށްވުރެ މަތީ ފެންވަރުގެ ނުވަތަ ދަށްފެންވަރުގެ މަސައްކަތް ހަވާލުނުކުރުން. (މުވައްޒަފަށް އެކަށީގެންވާ ޓާގެޓް ސެޓްކުރުން) މައްސަލަ ދިމާވި ހާލަތައް އަބަދުވެސް ރިޢާޔަތްކޮށް ގޮތެއް ނިންމުން. މުވައްޒަފުންގެ ޤާބިލިއްޔަތު ދެއްކުމަށް ފުރުޞަތު ހޯދައިދީ މަގުފަހިކޮށްދިނުން. 55
- 75. ބޭނުންވާ ތަޢުލީމާއި ތަމްރީނުތައް ކަނޑައެޅުން މި ސެކްޝަން ފުރިހަމަކުރާނީ މަސައްކަތުގެ ފެންވަރު ބަލާ މުއްދަތު ނިމުމުން ސުޕަވައިޒަރު. މުވައްޒަފުގެ މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތާއި ހުނަރު ފޯރުކޮށްދިނުމަކީ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް ޤާބިލުކަން އިތުރުކުރުމަށްޓަކައި ކޮންމެހެން ބޭނުން ކަމެކެވެ. އެގޮތުން: މުއްދަތު ފެށޭއިރު ލިބިފައިވާ ތަމްރީނު ތަކަށާއި ފެންވަރު ބެލޭ މުއްދަތުގެ ތެރޭގައި ލިބިފައިވާ ތަމްރީނު ތަކަށް ރިޢާޔަތްކުރުން. ހަވާލުކުރެވިފައިވާ މަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް މުވައްޒަފުގެ ކިބައިގައި އުނިވާ ކަންތައްތައް ބިނާކުރުމަށް ވިސްނުން. ހަމައެކަނި ކޯސްތަކަށް ފޮނުވަން ވިސްނުމުގެ ބަދަލުގައި، ފޮތާއި، ސެމިނާ ވާކްޝޮޕް ފަދަ ގޮތްގޮތުން ބޭނުންވާ ހުނަރު ފޯރުކޮށް ދިނުމަށް ވިސްނުން. 60
- 77. މުވައްޒަފާއި ސުޕަވައިޒަރުގެ ޚިޔާލު މި ސެކްޝަން ފުރިހަމަކުރާނީ ސެކްޝަން 1 ން ސެކްޝަން 8 ށް ފުރިހަމަކުރުމަށްފަހު. މިބައި މުވައްޒަފާއި ސުޕަވައިޒަރު ފުރަންވާނެ. ސުޕަވައިޒަރު ބަޔާންކުރާނީ މުވައްޒަފު މަސައްކަތް ކޮށްފައިވާގޮތާމެދު ޖުމްލަގޮތެއްގައި ދެކޭގޮތް. މުވައްޒަފު ބަޔާންކުރާނީ ފާއިތުވީ އަހަރުގެ ތެރޭގައި މުވައްޒަފަށް މަސައްކަތްކުރެވުނު ގޮތާމެދު ދެކޭގޮތެވެ. މި ސެކްޝަން ފުރިހަމަވާނީ، މުވައްޒަފާއި ސުޕަވައިޒަރު ސޮއިކުރުމުން. 62
- 79. އޮފީހުގެ ޚިޔާލު ހުރިހާ މުވައްޒަފުންގެ ފޯމުގައި މިބައި ފުރާކަށް ނުޖެހޭނެ މިބައިފުރާނީ ފޯމެއްގައި މައްސަލައެއް އުޅޭކަމަށް ފެންނަނަމަ މުވައްޒަފު ނޫނީ ސުޕަވައިޒަރު މައްސަލައެއް އުޅޭކަމަށް ހުށަހެޅުމުން މިބައިގައި ހުށަހެޅުނު މައްސަލައާއި، ބެލިބެލުމުން ފެނުނު ކަންތައްތަކާއި، އަދި އެކަންތައްތަކުގެ އަލީގައި މައްސަލަ ނިންމިގޮތް ބަޔާންކުރަންވާނެ. މައްސަލަ ބެއްލެވި ފަރާތެއްގެ މަޢުލޫމާތު ހިމަނަންވާނެ. 64
- 80. މާނަ މަސައްކަތުގެ އަހަރު: ކޮންމެ އަހަރެއްގެ ފެބްރުއަރީން ޖަނަވަރީގެ ނިޔަލަށް ސުޕަވައިޒަރު: ކޮންމެ މުވައްޒަފެއްގެވެސް މަސައްކަތް ހިނގާ ނުހިނގާގޮތް ބެލުމަށް ހުންނަ މުވައްޒަފެކެވެ. ހިޔުމަން ރިސޯސް ސެކްޝަން: އޮފީހުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގާ ސެކްޝަނުން ނުވަތަ މިފަދަ ކަންތައްތައް ކުރުމަށް އެއޮފީހުން ހަމަޖައްސާފައިވާ ސެކްޝަން ޓާގެޓް: މަސައްކަތުގައި ހާސިލުކުރުމަށް ބޭނުންވާ އަމާޒު 65
- 81. މާނަ މަސައްކަތުގެ ފެންވަރު: މުވައްޒަފާ ހަވާލުކޮށްފައިވާ މަސައްކަތްތައް ފުރިހަމަކޮށްފައި ވާއިރު އޭގައި އެކުލެވެންޖެހޭ ކަންތައްތައް އެކުލެވިފައިވާ މިންވަރު (ކުށް ނެތުން، ލިޔެކިޔުމުގެ ގަވާއިދާ އުސޫލުތައް ފުރިހަމަވެފައި ހުރުން) މަސައްކަތުގެ މިންވަރު: ޙަވާލުކޮށްފައިވާ މަސައްކަތްތައް ނިންމާފައިވާ މިންވަރު. (ހުރިހާ ތަކެތި ފައިލް ކުރުން، މުޅި ޕްރޮޖެކްޓް ނިންމާލުން، ހުރިހާ ރިޕޯޓެއް ނިންމުން، ހުރިހާ ތަމްރީނު ޕްރޮގްރާމްތައް ހިންގުން) 66
- 82. 67 ފަހުބަސް އާންމުކޮށް މީހުން މެނޭޖްމަންޓް މާނަކުރާ ގޮތަކީ މީހުންލައްވާ ކަންކުރުވާ ނަތީޖާ ޙާޞިލްކުރުމަށެވެ. ހަގީގަތުގައި މެނޭޖްމަންޓަކީ މަސައްކަތުގެ ތެރެއިން މީހުން ބިނާކުރުމެވެ. އުއްބައްތިއެއް ކައިރީ އެހެން އުއްބައްތިއެއް ދިއްލިޔަސް، ކުރިން ދިއްލާފަހުރި އުއްބައްތިން ދޭ އަލިކަމަކަށް އުނިކަމެއް ނާންނާނެ. ރަނގަޅު މެނޭޖަރަކީ އޭނާގެ އަމިއްލަ ކުރިއެރުމާމެދު ފިކުރުބޮޑުނުވެ، މުވައްޒަފުންގެ ކުރިއެރުމާމެދު ވިސްނާ މީހާއެވެ. ދުނިޔޭގެ އެއްވެސް ނިޒާމެއް ފީކަޅާކޮށް ހިންގައިގެން ރަނގަޅު ފައިދާއެއް ނެރެވިފައެއް ނޯންނާނެ ޝުކުރިއްޔާ